އަހަރެން މަސައްކަތް ކުރަނީ ވެރިކަމަށް ކުރިމަތިލީ މީހެއްގެ ކުންފުންޏެއްގައެވެ. އެ ކުންފުނީގެ ޓީވީ ބޭނުންކުރަނީވެސްވެރިކަމަށް އެރުމުގައި ގެންގުޅޭ ހަތިޔާރެއްގެ ގޮތުގައެވެ. މިހެން އުޅެނިކޮށް އަހަރެންނަށް މުސާރަދޭމީހާ ކޮންމެވެސް ކަމެއްގެ ތުހުމަތުގައި ތަހުގީގް ކުރުމަށް ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފިއެވެ. މިކަމަކީ އަހަރެންނަށް އެއްވެސް ގޮތަކަށް ގަބޫލުކުރެވޭނެ ކަމަކަށް ނުވިއެވެ. އެހެންކަމުން ވަގުތުން މުސާރަދޭމީހާ ސަލާމަތްކުރުމަށްޓަކައި އަހަރެން ހަވާލުވެހުރި ޓީވީ މެދުވެރިކޮށް ހެދެން އޮތް ހުރިހާ އެއްޗެއް ހަދަންފެށީމެވެ. އަހަރެންގެ ފުރިހަމަ ބެލުމުގެ ދަށުން ޕްރޮގްރާމެއް ތައްޔާރުކޮށްލީމެވެ. އަދި މިޕްރޮގްރާމްގައި އަހަރެންނާއެކު ސަރުކާރަށް ބަވާލާނެ ރަނގަޅު މީހަކުވެސް ހޯދީމެވެ. އެއީ ކުރީގެ ސަރުކާރު މިނިސްޓަރުކަން ކޮށް، އެސަރުކާރުން ބޭރުކޮށް، އަދި އެސަރުކާރު ވައްޓާލަން މަސައްކަތްކޮށް، އެއްމެ ފަހުން ވެރިކަމަށް ކުރިމަތިލުމަށްޓަކައި، ޕާޓީގެ އިންތިޚާބުގައި ބައިވެރިވެ ނާކާމިޔާބުވެފައިވާ މީހަކެވެ. އަދި މިމީހާއަކީ އަހަރެންނަށް މުސާރަދޭ މީހާގެ ކުންފުންޏަށް ކޮންމެވެސްވަރަކަށް ގާނޫނީ ލަފާދީ އުޅޭ އޭނާއާއި ވަރަށް ގާތް މީހެކެވެ. މިމީހާ ލައްވައި އަހަރެން ބޭނުންވީ އަހަރެންވެސް ބައިވާގޮތައް ސަރުކާރަށް ބަވާލުމަށެވެ. އަހަރެން އޭނާއާއި ސުވާލުކުރަމުންދިޔައިރު މިކަން އަހަރެންގެ މޫނުމަތިންވެސް ފެންނާނެއެވެ.