ޤާނޫނާއި ޚިލާފަށް (ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދީގެން) ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މަހުޖަނު ޤާސިމް އިބްރާހިމް އާއި އަބްދުﷲ ޔާމީން އިތުރު 15 ދުވަހަށް ގޭބަންދުގައި ބެހެއްޓުމަށް ދާދި ދެންމެއަކު ހައިކޯޓްން ހުކުމް ކޮށްފިއެވެ.
ޚިޔާނާތްތެރިން ހައްޔަރުކޮށް ހައްޤު އަދަބު އެމީހުންނަށް ނުދެވޭނަމަ، މިޤައުމުގެ ރައްޔިތުންގެ ހައްޤުތައް ހޯދުމަށް މުޒާހަރާ ކުރަންޖެހެއެވެ. ގައުމުގެ ތިންބާރުން މިކަން ނުކުރާނަމަ، ރައްޔިތުންގެ ފައިސާއިން މުސާރަ ނަންގަވައިގެން އެތަންތަނުގައި ތިއްބެވި ހުރިހާ ބޭފުޅުން ވަގުތުން އިސްތިއުފާ ދެއްވަންޖެހޭނެއެވެ.