ޚިޔާނާތްތެރިން ހައްޔަރުކުރަންވީއެވެ. މިޤައުމު ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ބޭނުންނަމަ، ދިވެހި ރައްޔިތުންނަށް މިއަދު ވާޖިބުވެގެންވާ އެއްމެ މުހިއްމު އެއްކަމަކީ، ހުރިހާ ވަގުން ހިފާ ހައްޔަރުކުރަންވީއެވެ. ދައުލަތުގެ ޚަޒާނާއިން ވަގަށް ނަގާފައިވާ ފައިސާތައް އަނބުރާ ހޯދަންވީއެވެ. މިމަސައްކަތް ނުކޮށް ކާމިޔާބީގައި ހިތް ތިރިކޮށްގެން ތިބުމަކުން، މިޤައުމަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.
ޚިޔާނާތްތެރިން ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްގެން ނޫނީ، މިޤައުމުގެ މުސްތަޤްބަލް އުޖާލާކުރެވޭނެ ހަމަ އެއްގޮތެއްވެސް ނެތެވެ. އެހެންކަމުން ރައީސް ނަޝީދުއަށް މިއަދު ކުރަންޖެހޭ އެއްމެ މުހިއްމު އެއްކަމަކީ، ކުއްލި ހާލަތު އިއުލާން ކޮށްގެން ނަމަވެސް، ހުރިހާ ވަގުން މަޖިލީހުން ބޭރުކޮށް، އެތަން ރިޝްވަތުގެ ނުސާފުކަމުން ސަލާމަތްކުރަންވީއެވެ. މިކަން ނުކޮށްފިނަމަ، ދިވެހި ރައްޔިތުން ރައީސް ނަޝީދަށް ކުރި އިތުބާރު އަނބުރާ ނަގާނެއެވެ.