
ޤާސިމާއެކު ނަޝީދު ސިގިނރެޓެއް ބޯލަނީ
ތިރީގައި މިގެނެސްދޭ ލިޔުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ހައިސިއްޔަތުން ރިޝްވަތަށް މަގުފައިވާގޮތަށް އެމަޖިލީހުގެ މެމްބަރު ޤާސިމް އިބްރާހިމްގެ އަތުން ފައިސާ ހޯއްދެއްވުމަށް އެދިފައިވާ އެދުމާއި، ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ފޮނުއްވާފައިވާ ޓެކްސް ބިލް ކުރިއަށް ނުގެންގޮސް މަޑުޖައްސާލުމަށާއި، ސަރުކާރުގެ ވަޒީރުންގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމާއި ގުޅޭގޮތުން އެމަޖިލީހުގެ މެމްބަރުންނާއި މުޙައްމަދު ނަޝީދު ދައްކަވާފައިވާ ވާހަކަތަކުގެ އޯޑިޔޯ ތަކެއް ރާއްޖޭގެ މީޑިއާއަށް ލީކްވުމާއި ގުޅިގެން އެކަމުގެ ހަޤީގަތް ހާމަކޮށްދިނުމުގެ ގޮތުން މުޙައްމަދު ނަޝީދު އޭނާގެ އަމިއްލަ ބްލޮގްގައި ލިޔުއްވާފައިވާ ލިޔުމަކަށް ސ.މީދޫ ޞަޥާން ޝަފީޤް ނަމަކަށް ކިޔާ ބޭފުޅަކު ފޮނުއްވާފައިވާ ކޮމެންޓެކެވެ.

ޞަފްޥާނުއެވެ. މުޙައްމަދު ނަޝީދު މަނިކުފާނުގެ އަގުވައްޓާލެއްވީ ދިވެހި ރައްޔިތުންތޯއެވެ؟ އެމަނިކުފާނު އެދެއްކެވި ވާހަކައެއް ދެއްކެވީ ދިވެހިރައްޔިތުން ބުނެގެން ދިވެހި ރައްޔިތުންނަށް ހެޔޮ އެދިގެންތޯއެވެ؟ ކަނޑައެޅިގެން ޓެކްސްގެ ބިލް ލަސްކުރުމަށް ބާރުއެޅުމަކީ، އެމަނިކުފާނުގެ ސަފާރީ މަރާމާތުކުރުމަށް ފައިސާގެ އެހީ ދެއްވި ބުރުމާ ޤާސިމްގެ އަމިއްލަ މަސްލަހަތު ކުރިއެރުވުން ނޫން ދެން ކޮންކަމެއް ތޯއެވެ؟ ޓެކްސް ނުނެގުމުން ގެއްލުންވަނީ ދިވެހި ރައްޔިތުންނަށެވެ. ޓެކްސް ނުނެގުމުން ފައިދާވަނީ ބުރުމާ ޤާސިމްއަށާއި، ދެންވެސް މަނިކުފާނު ސަލާންޖައްސަވަން ވަޑައިގަންނަވާ ޤައުމުގެ މަހުޖަނުންނަށެވެ.
ދެންއޮތީ ފުރަތަމަ ކޯލެވެ. މިކޯލުގައި އެމަނިކުފާނު ވިދާޅުވެފައިއެވާ ފައިސާގެ ވާހަކައަކީ ޝައްކުގެ ނަޒަރަކުން ބަލަންޖެހޭ ކަހަލަ ވާހަކައެކެވެ. އެހެނީ ގާސިމްގެ އަތުން މިލިއަނުން ފައިސާނަގައިގެން މަޖިލީހުގެ ވޯޓް އަނބުރާލުމަށް ޔާމީނުވެސް މަސައްކަތް ތަކެއް ކުރައްވާކަން އެހެން ކޯލަކުން އެގިފައިވަނިކޮށް، އެމަނިކުފާނުފަދަ ބޮޑު މުސާރައެއްލިބޭ ބޭފުޅަކު ގާސިމުގެ އަތުން ފައިސާ ހޯއްދަވަން ޖެހެންވީ އަމިއްލަ ސަބަބެއް ނޯންނާނެއެވެ.